އިސްރާއީލުގެ ކަލާނގެ ވަޙީ ކުރެއްވިއެވެ.
’އިސްރާއީލުންގެ ހިލަ‘ އަހަންނަށް އެންގެވިއެވެ.
’އަދުލުވެރި ރަސްކަލެއްނަމަ އެރަސްގެފާނު އަމުރު ހިންގަވާނީ މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ހުރެގެންނެވެ.
އެކަލާނގެއަށް ބޯލަބައި ބިރުވެތިވެ ވެރިކަން ކުރާ މީހާ އަކީ،
ވިލާތައްނެތް ފަތިހަކު އަރައިގެން އަންނަ އިރު ފަދަ މީހެކެވެ.
ވާރޭ ވެހުމުގެ ފަހުން ދީފައިވާ އަވި ފަދަ މީހެކެވެ.
އެ ވާރޭ ވެހި ބިންގަނޑު ތެމި ވިނަ ހެދިގެން އާދެއެވެ.‘