ޝާއުލްގެފާނު ޔޫނަތައިން އަށާއި އެކަލޭގެފާނުގެ އަރިސް މީހުންނަށް ދާއޫދު މަރާލަން އެންގެވިއެވެ. އެހެނަސް ޔޫނަތައިން ދާއޫދާ މެދު ނުހަނު ރުހިގެން ވިއެވެ. ޔޫނަތައިން މިވާހަކަ ދާއޫދުގާތު ބުނެފިއެވެ. ”ބައްޕާ ކަލޭ މަރާލަން އެބަ އުޅެއެވެ. ވިސްނައިގެން އުޅޭތި. ހެދުނު ހެނދުނާ ދަނޑު ތެރެއަށް ގޮސް ތަނެއްގައި ފިލާ އޮވޭ.