ތިޔަބައިމީހުން ދުނިޔެއާއި ދުނިޔަވީ ކަންކަމަށް ލޯބި ނުކުރާށެވެ. އެއްވެސް މީހަކު ދުނިޔެމައްޗަށް ލޯބިކުރާ ކަމުގައިވާނަމަ، އޭނާގެ ކިބައިގައި ބައްޕާފުޅުގެ ލޯތްބެއް ނުވާނެއެވެ. ދުނިޔޭގެ މިލްކުވެރިކަމުގެ ތެރޭގައި ހިމެނޭ ފާފަވެރި ނަފްސުގެ އެދުންތަކާއި ލޮލަށް ފެނި ހިތް އެދޭ ތަކެއްޗާއި، އެތަކެއްޗެއް ހާސިލުވުމުން އެމީހުން ބޮޑާވެގަންނަ ތަކެއްޗާއި ކަންކަމަކީ ބައްޕާފުޅުގެ ކިބަފުޅުން އަންނަ ތަކެއްޗާއި ކަންކަމެއް ނޫނެވެ. މިހުރިހާ އެއްޗެއް އަންނަނީ ދުނިޔެމަތިންނެވެ.