މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަލުން ފިރުޢައުނު ގާތަށް ގޮސް ކަލޭ ތިޔަ އެދޭ ކަންތައް ހުށަހަޅާ. އަހަރެން މިވަނީ އޭނާއާއި އޭނާގެ ވަޒީރުންގެ ބޯހަރު ކޮށްފަ. އެގޮތުން އަހަރެންގެ މުޢުޖިޒާތްތަކާއި ހެކިތައް އެމީހުންތެރޭގައި ދައްކާލެވޭނެ. އަހަރެން މި މުޢުޖިޒާތްތައް މި ދައްކަނީ ކަލޭގެ ދަރިންނާއި ކަލޭގެ ކާފަ ދަރިންނަށް ތިމަންކަލާނގެ ކުޅަދުންވަންތަ ޢަލާމާތްތަކުގެ ވާހަކަ ބުނެ ދެވޭނެ ގޮތް ވުމަށާއި މިޞްރުގެ މީހުން މޮޔަ ހެއްދުމުގެ ގޮތުން ވެސް މެ. މިގޮތުން ކަލޭމެން އެންމެންނަށް ފެނިގެންދާނެ މާތްރަސްކަލާނގެއަކީ އަހަރެންކަން.“