Logo YouVersion
Ikona vyhledávání

ނެރުއްވުން 13:10-14

ނެރުއްވުން 13:10-14 ކމ

ދެން މޫސާގެފާނު މިޞްރުގެ ބިމުގެ މައްޗަށް އެކަލޭގެފާނުގެ އަސާކޮޅު އުފުއްލެވިއެވެ. އެދުވަހުގެ ހެނދުނުން ފެށިގެން މުޅިއެރޭ މިޞްރަށް އިރުމަތިން ވައިޖެހޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރިކުރެއްވިއެވެ. ހެނދުނުވީ ތަނާ އިރުމަތިން ގޮއްފުޅަނގި ބައިގަނޑު އަތުވެއްޖެއެވެ. އަދި އެ ގޮއްފުޅަނގިތައް މުޅި މިޞްރުގެ ބިމަށް ފެތުރިގެންފިއެވެ. މިޞްރުގެ އެއްފަރާތުން އަނެއް ފަރާތަށް ގޮއްފުޅަނގި ފެތުރި ގަދަކޮށްފިއެވެ. އެއީ މިޞްރުގެ ތާރީޚުގައި ވެސް އައިސްފައި ނުވާ ވަރުގެ ބޮޑު ވަބާއެކެވެ. އެފަދަ ގިނަ ގޮއްފުޅަނގިތަކެއް ދުވަހަކު ވެސް ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ.