Logo YouVersion
Ikona vyhledávání

ނެރުއްވުން 21:10-23

ނެރުއްވުން 21:10-23 ކމ

ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ އަތް އުޑާއި ދިމާއަށް އުފުލާ. އޭރުން މިޞްރުގެ ބިމަށް ކަނުއަނދިރިކަން ފެތުރޭނެ. އެ އަނދިރިކަމުގެ ބޯކަމުން އޭގައި އަތްލެވޭހެން ވެސް ހީވާނެ.⁠“ ދެން މޫސާގެފާނުގެ އަތްޕުޅު އުޑާދިމާއަށް އުފުއްލެވުމާއެކު މުޅި މިޞްރަށް ވަރުގަދަ އަނދިރިކަމެއް ކުރިމަތި ވެއްޖެއެވެ. މި އަނދިރިކަން ތިން ދުވަސް ވަންދެން ދެމިއޮތެވެ. އެދުވަސްތަކުގައި މީހުންނަކަށް އެކަކު އަނެކަކު އެއްގޮތަކަށް ވެސް ނުފެނެއެވެ. އެކަކަށް ވެސް އެއްތަނުން އަނެއް ތަނަކަށް ނުދެވުނެވެ. އެކަމަކު އިސްރާއީލުގެ މީހުން ތިބި ހިސާބުގައި އަލިކަން ހުއްޓެވެ.