Logo YouVersion
Ikona vyhledávání

ނެރުއްވުން 18:8-19

ނެރުއްވުން 18:8-19 ކމ

ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެ ބާވަތުގެ މެހި އުފައްދަން އުޅެފިއެވެ. އެކަމަކު މިފަހަރު އެމީހުންނަކަށް ކާމިޔާބެއް ނުވިއެވެ. އެ މެހިތައް އައިސް އިންސާނުންނާއި ޖަނަވާރުންގެ ގަޔަށް އަރައިގެންފިއެވެ. ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”⁠މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!⁠“ އެކަމަކު ވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން ވެސް މެއެވެ.