ހަރުބަސްތައް 23
23
–6–
1ވެރިމީހާއާ އެކު ކެއުމުގައި ބައިވެރިވާއިރު ކާން ގެނެސްފައި ހުންނަ ތަކެއްޗަށް ސަމާލުކަން ދޭށެވެ. 2ކަލޭ ކާހިތުން ހުއްޓަސް އެކަމުގެ މައްޗަށް ބާރުފޯރުވާށެވެ. 3ތަނުގައި ހުންނަ ހުރިހާ މީރު ކާތަކެއްޗަށް ދަހި ނުލަވާށެވެ. އެއީ ވެރިމީހާ ޖަހާފައި ހުރި މަޅިއަކަށް ވެސް ވެދާނެއެވެ.
–7–
4މުއްސަނދިވާހިތުން ތެޅިނުފޮޅޭށެވެ. ފުދޭވަރު ވުމުން އެކަން ދަންނަން ވާނެއެވެ. 5އެހެނީ އެސްފިޔައެއް ޖަހާހާ އަވަހަށް މުދާތައް ގެއްލިދެއެވެ. ފިޔަފަޅާފައިވާ ބާޒެއްހެން އުދުހިދެއެވެ.
–8–
6ދަހިވެތި މީހުންނާއެކު ކައިބޮއި ނަހަދާށެވެ. އެމީހުންނަށް މީރުވާތަކެއްޗަށް ދަހިވެތި ނުވާށެވެ. 7އެމީހުން އަބަދުވެސް އެތަކެތީގެ އަގަށް ބަލާނެއެވެ. ”ކާށޭ، ބޯށޭ“ އެމީހުން ބުނާނެއެވެ. އެކަމަކު އެއީ އެމީހުން ހިތް އެދިގެން ބުނާ އެއްޗެއް ނޫނެވެ. 8އެހެންނޫނީ ކަލޭ ކޭ އެތިކޮޅު ހޮޑަށް ދުއްވާލަން ޖެހިދާނެއެވެ. އަދި ކަލޭ ކީ ހާ ސަނާތައް ބޭކާރުވެދާނެއެވެ.
–9–
9މޮޔައިންގެ ގާތު ހެޔޮބަސްތައް ބުނާނެކަމެއް ނެތެވެ. ކިތަންމެ ދެކޮޅުޖެހޭ ވާހަކައެއް ބުންޏަސް އެމީހުން ދޭނީ ފުރަގަހެވެ.
–10–
10އަވަށްޓެރިޔާގެ ގޯތީގައި ހުރި އިންފާރުގެ ތެރެއަށް ގަދަވެ ނުގަންނާށެވެ. އާރެއްބާރެއްނެތް ޔަތީމެއްގެ ބިން އަތުލައި ނުގަންނާށެވެ. 11އެމީހުން ދިފާއު ކުރައްވާނީ މާތްރަސްކަލާނގެއެވެ. އެމީހުން ކަލެއާ ކުރިމަތި ކުރާ ޝަކުވާތަކަށް އެކަލާނގެ ރައްދު ދެއްވާނެއެވެ.
–11–
12ނަސޭހަތްތައް ރަނގަޅަށް ހިތުގައި ހަރުލައްވާށެވެ. އިލްމުގެ ބަސްތައް ރަނގަޅަށް ކަނުލައި އަހާށެވެ.
–12–
13ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ނުވާށެވެ. އެކުދިންނަށް އަދަބެއް ދިނުމަކުން މަރެއް ނުވާނެއެވެ. 14އެއާ ޚިލާފަށް އަދަބު ދީގެން ތަރުބިއްޔަތު ކުރުމުން އެކުދިން މަރުން ސަލާމަތްވާނެއެވެ.
–13–
15ދަރިފުޅާއެވެ. ކަލޯގެ ހިތުގައި ވިސްނުންތެރިކަން އަށަގެންފިނަމަ އަހަރެންގެ ހިތް އުފަލުން ފޮޅޭނެއެވެ. 16ކަލޯ ހެޔޮބަސް ބުނާއަޑު އިވުމުން އަހަރެންގެ ހިތުގެ ފުންމިނުން އުފާ ފާޅުކުރާނަމެވެ.
–14–
17ފާފަވެރިން އުޅޭގޮތަށް އުޅެން ހިތް ނޭދޭށެވެ. އަބަދުވެސް މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާށެވެ. 18މިކަމުން ކަލޯއަށް އަލި މުސްތަޤްބަލެއް ލިބޭނެއެވެ. ކަލޯ ނާއުންމީދުވާކަށް ނުޖެހޭނެއެވެ.
–15–
19މަގޭ ދަރިފުޅާއެވެ. އަޑުއަހައި ބުއްދިވެރިވާށެވެ. ކަލޯގެ ހިތް ތެދުމަގުގެ މަތީ ދަމަހައްޓާށެވެ. 20ރާބޯމީހުންނާ ގާތްކަން ނުބަހައްޓާށެވެ. އަބަދު ކެއުމައިގެން އުޅޭ މީހުންނާއެކު ކައިބޮއި ނަހަދާށެވެ. 21އެހެނީ އެމީހުން އެދަނީ ތަދުމަޑުކަމާ ދިމާއަށެވެ. އެމީހުންގެ ނިދި ގިނަވެ، ލާން ޖެހޭނީ ވީދިފައި ހުންނަ ބާހެދުމެވެ.
–16–
22ކަލޯއަށް ދިރިހުރުން ދިން ބަފާގެ ބަސްއަހާށެވެ. މުސްކުޅި އަމާ ކުޑައިމީސް ނުކުރާށެވެ. 23ތެދު ޙަޤީޤަތް ހޯދާށެވެ. އެ ވިއްކާ ނުލާށެވެ. ބުއްދިއާއި ތަރުބިއްޔަތާއި ލިބިގަނެ ހެޔޮނުބައި ދަސްކޮށް ތިމާގެ ކިބައިގައި އެކަންތައް ހަރުލައްވާށެވެ. 24ޞާލިޙު ދަރިންގެ ބަފާ އުފާވާންވީ ސަބަބެއް އެބައޮތެވެ. ބުއްދިވެރި ދަރިންތަކެއް ލިބުމަކީ ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟ 25ވީއިރު ބަފަޔަށާއި މައިމީހާއަށް އުފާވެރިކަން ގެނެސްދޭށެވެ. އޭރުން ކަލޯ ބަނޑުއަޅާ ވިހޭ މައިމީހާ ކިހާ އުފަލެއް ވާނެހެއްޔެވެ؟
–17–
26އޭ ދަރިފުޅާއެވެ! ކަލޯގެ ހިތް އަހަންނަށް ދޭށެވެ. އުފަލާއެކު މަގޭ ނަމޫނާގައި ހިފާށެވެ. 27ކަސްބީ އަންހެނާއަކީ ނުރައްކާތެރި ދަންތުރައެކެވެ. ފާޖިރު އަންހެނާއާ ގުޅުން ހިންގުމަކީ ހިމަ ވަޅުގަނޑަކަށް ވެއްޓުންފަދަ ނުރައްކާތެރި ކަމެކެވެ. 28ވަގަކުހެން އޭނާ ފިލާ ހުންނާނެއެވެ. އޭނާގެ އުފަލަކީ ގިނަ ފިރިހެނުން މަޅީގައި ޖައްސައި އެމީހުންގެ އަނބިންނަށް ބޭވަފާތެރި ކުރުވުމެވެ.
–18–
29ވޭނުގައި ހުރީ ކާކުހެއްޔެވެ؟ މޮޅިވެރިކަން މަތީ ހުރީ ކާކުހެއްޔެވެ؟ އަބަދު އަރާރުން ވަނީ ކާކުހެއްޔެވެ؟ އަބަދު ޝަކުވާ ކުރަނީ ކާކުހެއްޔެވެ؟ ކަމަކާ ނުލާ ޒަޚަމްވެފައި ހުރީ ކާކުހެއްޔެވެ؟ ދެލޯ އަނގުރު އަލިފާންހެން ރަތްވެފައި ހުރީކާކުގެ ހެއްޔެވެ؟ 30އެއީ ރާބޯ ތަންތަނުގައި ގިނައިރު ހޭދަކުރާ މީހާއެވެ. އަދި ތަފާތު ރަލުގެ ރަހަ ބަލަން މަޑުކުރާ މީހާއެވެ. 31ރާ ތައްޓަށް ނުބަލާށެވެ. އޭގައިވާ ރަތްކުލަ ފެނި އެތަށީގެ ވިދުވަރަށް ނުހެއްލޭށެވެ. އެ ބޯއިރު އަރުތެރޭން ދެމިގެންދާ އޮމާންކަން ހިތަށް ނުގެންނާށެވެ. 32އެންމެފަހުން އެވިހަގަދަ ހަރުފައެއްހެން ދަތްއަޅައި ވިހަލާފާނެއެވެ. 33އޭރުން ކަލޯގެ ސިކުނޑިއަށް އޮޅުންބޮޅުން ވެފައިވާ މަންޒަރުތައް ފެންނާނެ އެވެ. ކަލޯ ކޮސް ގޮވާނެއެވެ. 34ކަނޑުގައި ދަތުރުކުރަމުން ދާ މީހެއް ހެން ހޫރެމުން ކަލޯ ހިނގާނެއެވެ. ހެލޭ ކުނބެއްގައި އެލިގެން ހުންނަ މީހެއްގެ ގޮތަށެވެ. 35ދެން ކަލޯ ބުނާނެއެވެ. ”އެމީހުން ތިމަން ގައިގައި ޖެހިއެވެ. އެކަމަކު ތިމަންނައަކަށް ތަދެއް ނުވިއެވެ. އެމީހުން ތިމަން ތަޅާ ތިރިކުރިއިރު ވެސް އެކަމެއް ނޭނގުނެވެ. އަނެއްކާ ވެސް ރާތައްޓެއް ބޯން ތިމަންނައަށް ހޭވެރިކަން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟“
© (Active), Wycliffe Bible Translators, Inc. All rights reserved.