ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:4-5

ގަލާތިޔާގެ މަސީޙީންނަށް ސިޓީ 4:4-5 ކމ

އެކަމަކު ވަގުތު ޖެހުމުން މާތްކަލާނގެ އެކަލާނގެ ޚާއްސަ ދަރިކަލުން ފޮނުއްވިއެވެ. އެކަލޭގެފާނު އިންސާނީ މަންމައެއްގެ ބަނޑުފުޅުން ވަޑައިގެން އުޅުއްވަމުން ގެންދެވީ ބަނީ އިސްރާއީލުންގެ އަމުރުތަކާއި ގަވާއިދުތަކުގެ ދަށުގައެވެ. މާތްރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީ، އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ދަށުގައި އަހަރެމެން އަޅުވެތިވެފައި ވަނިކޮށް، އަގުދައްކަވައި އަހަރެމެން މިނިވަން ކުރެއްވުމަށެވެ. އެއީ އެގޮތުން އަހަރެމެން އެކަލާނގެ ދަރިންކަމުގައި ހެއްދެވުމަށެވެ.