YouVersion 标志
圣经计划视频
获取软件
选择语言
搜索图标

އެފޭސުސްގެ މަސީޙީންނަށް ސިޓީ 5 的热门经文

1

އެފޭސުސްގެ މަސީޙީންނަށް ސިޓީ 1:5-2

ކިތާބުލް މުޤައްދަސާ

ކމ

ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއްގައި މާތްރަސްކަލާނގެއީ ނަމޫނާ ކަމުގައި ބަލާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ލޯބިވާ ދަރިންނެވެ. އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:1-2

2

އެފޭސުސްގެ މަސީޙީންނަށް ސިޓީ 15:5-16

ކިތާބުލް މުޤައްދަސާ

ކމ

އެހެންވީމާ، މޮޔައިން ފަދައިން ޙަޔާތުގައި އަމަލު ނުކޮށް ހެޔޮ ވިސްނޭ މީހުން ފަދައިން އަމަލު ކުރާށެވެ. މި ނުބައިވެގެންވީ ޒަމާނުގައި ހެޔޮ ކަންތައް ކުރުމަށް ލިބިދޭ ކޮންމެ ފުރުސަތެއް ބޭނުންކުރާށެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:15-16

3

އެފޭސުސްގެ މަސީޙީންނަށް ސިޓީ 18:5-20

ކިތާބުލް މުޤައްދަސާ

ކމ

ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ. އޭރުން، އަނެކުންނާއި މުޢާމަލާތް ކުރާ ހިނދު ހިތްވަރު ދިނުމަށްޓަކައި ޒަބޫރުގެ ފަތްފުށްތަކުންނާއި މަދަޙައިގެ މަދަހައިންނާއި ރޫޙާނީ ލަވަތަކުން މުޢާމަލާތް ކުރެވޭނެއެވެ. މިފަދަ ރާގުތަކުން ތިޔަބައިމީހުންގެ ހިތްތަކުގައި މާތްސާހިބާއަށްޓަކައި ރާގު އުފައްދާށެވެ. މާތްސާހިބާ އަށް ހަމްދާ ސަނާ ކިޔާށެވެ. އެންމެހާ ކަންތައްތަކުގައި މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގަނެ އަބަދުވެސް މާތްރަސްކަލާނގެ އަހަރެމެންގެ ބައްޕާފުޅަށް ޝުކުރު ދަންނަވާށެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:18-20

4

އެފޭސުސްގެ މަސީޙީންނަށް ސިޓީ 17:5

ކިތާބުލް މުޤައްދަސާ

ކމ

އެހެންވީމާ، ބުއްދިނުކުރާ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ނަމަވެސް އޭގެ ބަދަލުގައި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:17

5

އެފޭސުސްގެ މަސީޙީންނަށް ސިޓީ 25:5

ކިތާބުލް މުޤައްދަސާ

ކމ

ފިރިންނޭވެ. ތިޔަބައިމީހުންގެ އަނބިންނާއިމެދު ތިޔަބައިމީހުން ލޮބުވެތި ކަމާއެކު ގުޅުން ބަހައްޓާށެވެ. އެހެނީ މަސީޙީ ޖަމާޢަތާމެދު އަލްމަސީޙު ވެސް ލޯބިވެ ވަޑައިގަންނަވަނީ އެކަލޭގެފާނުގެ އަނބިކަލެއް ފަދައިންނެވެ. އެކަލޭގެފާނުގެ ނަފްސުކޮޅު ދޫކޮށްލެއްވީވެސް އެޖަމާޢަތަށް އޮތް ލޯތްބަށްޓަކައެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:25

6

އެފޭސުސްގެ މަސީޙީންނަށް ސިޓީ 8:5

ކިތާބުލް މުޤައްދަސާ

ކމ

މާޒީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރީ އަނދިރީގައެވެ. ނަމަވެސް މާތްސާހިބާ އާއިއެކުގައި މިއަދު ތިޔަބައިމީހުން އެއްބައިވަންތަ ވުމުން ތިޔަބައިމީހުންނަށް ވަނީ އަލިކަން ލިބިފައެވެ. އެހެންވީމާ، އަލިކަން ލިބިފައިވާ ބަޔަކުފަދައިން އަޚުލާޤު ބަހައްޓާށެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:8

7

އެފޭސުސްގެ މަސީޙީންނަށް ސިޓީ 21:5

ކިތާބުލް މުޤައްދަސާ

ކމ

މީގެ އިތުރުން އަލްމަސީޙަށް ޤަދަރު ކުރެއްވުމާއެކު ތިޔަބައިމީހުންގެ އެކަކު އަނެކަކަށް ކިޔަމަންތެރިވާށެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:21

8

އެފޭސުސްގެ މަސީޙީންނަށް ސިޓީ 22:5

ކިތާބުލް މުޤައްދަސާ

ކމ

އަނބިންނޭވެ. މާތްސާހިބާއަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިން ތިޔަބައިމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާ ކުރާށެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:22

9

އެފޭސުސްގެ މަސީޙީންނަށް ސިޓީ 33:5

ކިތާބުލް މުޤައްދަސާ

ކމ

އެހެންވީމާ، ކޮންމެ ފިރިއަކު އޭނާގެ އަނބިމީހާ ދެކެ އޭނާގެ އަމިއްލަ ނަފުސާމެދު ލޯބިވާ ފަދައިން ލޯބިވާން ޖެހޭނެއެވެ. އަދި ކޮންމެ އަނތްބަކު އޭނާގެ ފިރިމީހާއަށް ޤަދަރު ކުރާން ޖެހޭނެވެސް މެއެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:33

10

އެފޭސުސްގެ މަސީޙީންނަށް ސިޓީ 31:5

ކިތާބުލް މުޤައްދަސާ

ކމ

މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާން ކުރައްވާފައިވެއެވެ. ”⁠ފިރިހެނާ އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަންހެނާ ކައިވެނިކުރާން ޖެހެއޭ. އަދި އެ ދެމަފަރިން އެއް ހަށިގަނޑެއް ފަދައިން ވާންޖެހޭނެއޭ.⁠“

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:31

11

އެފޭސުސްގެ މަސީޙީންނަށް ސިޓީ 11:5

ކިތާބުލް މުޤައްދަސާ

ކމ

އަނދިރީގައި މީސްތަކުން ކުރަމުންގެންދާ ބޭކާރު އަމަލުތައް ކުރުމަށް ތިޔަބައިމީހުން ބައިވެރި ނުވާށެވެ. އޭގެ ބަދަލުގައި މީސްތަކުންނަށް އެފަދަ އަމަލުތަކަކީ ނުބައިވެގެންވީ އަމަލުތައް ކަމުގައި ހާމަކޮށްދޭށެވެ.

对照

探索 އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:11

上一章
下一章
YouVersion

我们要鼓励、挑战你每天亲近上帝。

事工

关于我们

就职机会

义工

博客

新闻区

有用链接

帮助

捐赠

圣经译本

音频圣经

译本语言

今日经文


此数字事工属于

Life.Church
English (US)

©2025 Life.Church / YouVersion

隐私政策使用条款
漏洞披露方案
FacebookTwitterInstagramYouTubePinterest

主页

圣经

计划

视频