އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ. އޭގެބަދަލުގައި ތެދުބަހުން ވާހަކަ ދައްކައި އެކަކު އަނެކަކާ މެދު ލޮބުވެތި ގޮތުގައިވާނެއެވެ. އޭރުން އަހަރެމެން ހެދި ބޮޑެތިވަމުން ދާނީ އަލްމަސީޙާއި އެއްފަދައިންނެވެ. އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެއީ އެކަލޭގެފާނުގެ ބޮލާއި ހަށިގަނޑު ފަދައިންނެވެ. މި ހަށިގަނޑު އެކަލޭގެފާނު ގުޅުވައި ހިފެހެއްޓެވީ ފުރިހަމަ ގޮތުގައެވެ. އެއިން ކޮންމެ ގުނަވަނެއް އެ ގުނަވަނަކަށް ޚާއްސަ ކުރެވިފައިވާ މަސައްކަތެއް ކުރުމުން އެހެނިހެން ގުނަވަންތައް ހެދި ބޮޑެތިވުމަށް އެހީތެރި ވެދެއެވެ. އެހެންވީމާ، މުޅިހަށިގަނޑު ދުޅަހެޔޮ ކަމާއެކު ހެދިބޮޑުވެގެން ދަނީ ފުރިހަމަ ލޯތްބާއި އެކުގައެވެ.