ހަރުބަސްތައް 4
4
ޒުވާނުންނަށް ދެއްވި ނަސޭހަތް
1މަގޭ ދަރިފުޅާއެވެ! ބައްޕަ ދޭ މި ނަސޭހަތުގެ އަޑު ރަނގަޅަށް ކަނުލާ އަހާށެވެ. އޭރުން ކަލޯއަށް ހެޔޮނުބައި ދަސްވާނެއެވެ. 2އަހަރެންގެ މި ނަސޭހަތަކީ ހެޔޮ އެއްޗެކެވެ. ވީމާ މިތަކެތި ރަނގަޅަށް ހަނދާން ބަހައްޓާށެވެ.
3-4އަހަރެން ބައްޕަ ކައިރީގައި ތުއްތު ކުއްޖެއްގެ ގޮތުގައި ހުރި ހިނދު، މަންމަގެ ހުރި އެންމެ ދަރިފުޅު ކަމުގައި ވީހިނދު، ބައްޕަ ބުނުއްވިއެވެ. ”ތިމަންގެ ބަސް ހިތުގެ ފުންމިނުގައި ބިންވަޅު ނަގާށެވެ. ތިމަން މިބުނާގޮތަށް ކަންތައް ކޮށްފިއްޔާ ކަލޭ ދިރިހުންނާނެއެވެ. 5ހެވާއި ނުބައި ދަސްކޮށްގަނެ ބުއްދީގެ ބޭނުން ހިފާށެވެ. ތިމަން މިބުނި އެއްޗެއް ހަނދުމަ ނުނައްތާށެވެ. 6ބުއްދި އެއީ ރީތި ކަމަނާއެއް ކަމަށް ދެކޭށެވެ. ވީއިރު އެ ކަމަނާ ދޫކޮށް ނުދާށެވެ. އެކަމަނާ ދެކެ ލޯބިވުން ދޫކޮށް ނުލާށެވެ. އޭރުން އެކަމަނާ ކަލެއަށް ރައްކާތެރިކަމުގެ މަގު ދައްކާނެއެވެ. 7ބުއްދިއަކީ އެންމެ މަތިވެރި ކަންތަކެވެ. އެހެންވެ ކަލޭ އަތުގައި ހުރި ހުރިހާ އެއްޗެއް ދީފައި ވެސް ބުއްދީގެ ކަމަނާ ލިބިގަނެ ތަންދޮރު ވަކިކޮށް ދެނެގަންނާށެވެ. 8އެކަމަނާއަށް އިސްކަންދީ އޭނާ ދައްކާ މަގުން ހިނގައިފިނަމަ ކަލެއަށް މަތިވެރި ޝަރަފު ލިބޭނެއެވެ. 9އޭނާ ކަލޭގެ ބޮލުގައި މާފައްޗެއް ބާއްވާނެއެވެ. އިއްޒަތުގެ ތާޖެއް އަޅުވާނެއެވެ.“
ހެޔޮ މަގާއި ނުބައިމަގު
10މަގޭ ދަރިފުޅާއެވެ. ކަލޯ މަގޭ ބަސް އަހާށެވެ! އޭރުން ކަލޯއަށް ދިގު އުމުރެއް ލިބޭނެއެވެ. 11ކަލޯއަށް ބުއްދި ލައިދީ، އުޅޭނެ ހެޔޮގޮތް އަހަރެން ދަސްކޮށް ދިނީމެވެ. 12އެ ބުއްދީގެ ބޭނުން ހިފައިގެން ކަލޯ ކުރިޔަށް ހިނގާނަމަ އެމަގެއްގައި ހުރަހެއް ނުހުންނާނެއެވެ. ކަލޯ އަޅައިގަނެ ވެއްޓޭނެ ގަލެއް ނުހުންނާނެއެވެ. 13އަހަރެން މިދޭ ފިލާވަޅުތަކުގައި ރަނގަޅަށް ހިފަހައްޓާށެވެ. އެއީ ކަލޯގެ ދިރިއުޅުމެވެ.
14ވިޔާނުދާ ނުލަފާ މީހުން ދައްކާ މަގުން ނުހިނގާށެވެ. 15އެމީހުންނަށް ފުރަގަސްދީފައި އެހެން މަގަކުން ދާށެވެ. 16ކުށެއްނެތް މީހަކަށް އަނިޔާއެއް ލަނޑެއް ނުދީ އެމީހުންނަކަށް ތަނެއްގައި ބުރަކަށިވެސް ޖައްސައެއް ނުލެވޭނެއެވެ. އަދި ލޮލުފިޔައެއް ވެސް ނުޖެހޭނެއެވެ. 17އެމީހުންގެ ކެއުމަކީ ވެސް ބުއިމަކީ ވެސް އަނިޔާވެރިކަމާއި ނުލަފާކަމެވެ.
18ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ. 19ނުބައި ނުލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ކަނު އަނދިރީގައި ހިނގާ މީހުންގެ މިސާލެވެ. އެމީހުން އަޅައިގެންފައި ވެއްޓޭނީ ކޮން އެއްޗެއްގައި ޖެހި ކަމެއް ވެސް ނޭނގޭނެއެވެ.
20ދަރިފުޅާއެވެ! އަހަރެން މިބުނާ އެއްޗެއްގެ އަޑު ނިކަން ރަނގަޅަށް އަހާށެވެ. 21އަހަރެން މިބުނާ އެންމެ ލަފުޒެއް ވެސް ވައްޓާ ނުލާށެވެ. އެ ބަސްތަކުން ހިތުގައި ބިންވަޅު ނަގާށެވެ. 22މިބަސްތައް އެނގި ހުރުމަކީ ތިމާގެ ދިރިހުރުމެވެ. ތިމާގެ ސިއްޙަތެވެ.
23ތިމާ ވިސްނާ ކަންތަކަށް ސަމާލުވާށެވެ. އެހެނީ ދިރިއުޅުން ބިނާވާނީ ތިމާ ވިސްނާ އެއްޗެއްގެ މައްޗަށެވެ.
24ކުރާ އެއްވެސް ކަމެއްގައި ދޮގެއް ބުނެ ހީލަތެއް ނަހަދާށެވެ.
25ސީދާ ކުރިމައްޗަށް ބަލައި ސީދާ މަގުން ކުރިޔަށް ހިނގާށެވެ. ތިމާ ލަދުން އިސްޖެހުނަ ނުދޭށެވެ. 26ތިމާ ހިނގަން ސީދާމަގެއް ގާއިމުކުރާށެވެ. އަދި އެމަގުގައި ސާބިތުވެ ހުންނާށެވެ. 27ކަނާތަށް ނުވަތަ ވައަތަށް އަޅަމުން ވިޔާނުދާ މަގުން އެކި ދިމަދިމާއަށް ނުހިނގާށެވެ.
© (Active), Wycliffe Bible Translators, Inc. All rights reserved.