ހަރުބަސްތައް 29
29
ޙިކުމަތްތެރިކަމުގެ ބޭނުން ހިފާ
1ވިސްނައިދިނުމުން އެކަން އިސްލާހު ނުކުރާ މީހާ އަލުން އަނބުރާ ނާދެވޭވަރަށް ކުއްލިއަކަށް ހަލާކުވެ ހިނގައިދާނެއެވެ.
2 މާތްރަސްކަލާނގެއަށް ތަބާވާ މީހުން ބާރުވެރިވުމުން މީހުން އުފާ ފާޅުކުރެއެވެ. ނުލަފާ މީހުން ވެރިކަމަށް އައުމުން މީހުން ހިތާމަ ކުރެއެވެ.
3ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ. ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ.
4އިންސާފުވެރި ރަސްގެފާނު ޤައުމަށް ހަމަޖެހުން ގެނެއެވެ. ރިޝްވަތު ނަގާ ރަސްގެފާނު ޤައުމު ހަލާކު ކޮށްލައެވެ.
5ރައްޓެހިންނަށް ޚުޝާމަދު ކުރާ މީހާ އެމީހުންގެ ފައިގައި ދަންތުރައެއް ތިއްބައެވެ.
6ނުބައި މީހުން ފާފައިގެ ދަންތުރައިގައި ޖެހެއެވެ. ޞާލިޙު މީހާ އެކަމުން ސަލާމަތްވެ އުފާ ފާޅުކުރެއެވެ.
7ޞާލިޙު މީހާ ފަޤީރުންގެ ޙައްޤުތައް ރައްކާތެރި ކުރެއެވެ. ނުލަފާ މީހާ އެމީހުންނާ އަޅައެއް ނުލައެވެ.
8ޖެއްސުން ކުރާ މީހުން މުޅި އަވަށް ހަލަބޮލި ކުރެއެވެ. ބުއްދިވެރިން ރުޅި މައިތިރި ކުރެއެވެ.
9ބުއްދިވެރިޔަކު އިންސާފުގެ ކުރިމައްޗަށް މޮޔައަކު ގެންގޮސްފިނަމަ އެމީހާ އެކަމާ މަލާމާތް ކުރެއެވެ. އެކަމުން ލިބޭ ފައިދާއެއް ނެތެވެ.
10ލެޔަށް ފެންބޮވާފައި ހުންނަ މީހާ އަބުރުވެރިން ދެކެ ނަފްރަތު ކުރެއެވެ. އެކަމަކު ހެޔޮ މީހުން ތެދުވެރިންނަށް އެހީތެރިކަން ފޯރުވައެވެ.
11މޮޔައިން އަވަހަށް ރުޅި ބާލައެވެ. ބުއްދިވެރިޔާ ރުޅިމަތަ ކުރެއެވެ.
12ވެރިޔަކު ދޮގުވެރިން ބުނާބަސް އަޑުއަހާނަމަ އޭނާގެ މުޝީރުން ވާނީ ނުބައި މީހުންނަށެވެ.
13ފަގީރު މީހާއާއި އަނިޔާވެރިޔާއާ ދެމެދުގައިވާ އެއްގޮތް ކަމެއް އޮވެއެވެ. ދެމީހުންނަށް ވެސް ލޮލުގެ ފެނުން ދެއްވީ މާތްރަސްކަލާނގެއެވެ.
14ފަގީރުންނަށް ހަމަހަމަކޮށް ހިތާ ރަސްކަލެއްނަމަ އޭނާގެ ތަޚުތު ދާއިމަށް ދެމިގެންދާނެއެވެ.
15ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ. ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ.
16ނުބައިމީހުން ވެރިކަމުގައި ތިބޭއިރު ތަނުގައި ޖަރީމާތަކާއި ކުށްކުރުން އިތުރުވެދެއެވެ. އެކަމަކު އެމީހުން ވެރިކަމުން ވެއްޓޭތަން ޞާލިޙުންނަށް ދައްކަވައެވެ.
17ދަރިން ތަރުބިއްޔަތު ކުރާށެވެ. އޭރުން ކަލޭމެންގެ ހިތަށް އުފާވެރިކަން ލިބި ދިރިއުޅުން ހިތްފަސޭހަ ވާނެއެވެ.
18މަތިވެރިފަރާތުގެ އިރުޝާދުތައް ގަބޫލު ނުކުރާ މީހުން އުޅޭނީ ޖަނަވާރުން ފަދައިންނެވެ. އެބަސްތަކަށް ތަބާވާ މީހުން ތިބޭނީ އުފާވެރިކަން މަތީގައެވެ.
19ބަސްތަކުން އެކަނި ޚާދިމުން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އެބަސް އެމީހުން އަޑުއަހާފާނެއެވެ. އެކަމަކު އެޔަކަށް އަމަލެއް ނުކުރާނެއެވެ.
20ވިސްނާނުލާ ބަސްބުނާ މީހާއަށް ވުރެން މޮޔައަކަށް ވެސް މާ އުންމީދު ބޮޑެވެ.
21ޚާދިމަކަށް ކުޑައިރުން ފެށިގެން ބޭނުންހާ އެއްޗެއް ދީ ބޭނުން ކަމެއް ކޮށްދީގެން އުޅޭނަމަ ބޮޑުވެގެން އޭނާ ޣައްދާރު ވެދާނެއެވެ.
22ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ. ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ.
23ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ. ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ.
24ވަގަކަށް އެހީތެރިވުމުން ގެއްލުން ލިބެނީ ތިމާއަށެވެ. އެހެނީ ތެދުބަސް ބުނަން ހުވާކޮށްގެން ހުއްޓަސް ތެދުބަސް ބުނާކަށް އޭރަކުން ނުކެރޭނެއެވެ.
25މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.
26ވެރިމީހާގެ ރުހުން ހޯދުމަށް މީހުން އުޅެއެވެ. އެކަމަކު އިންސާފު ލިބެނީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.
27ހެޔޮ މީހުން ބޭއިންސާފުވެރި މީހުން ދެކެ ނަފްރަތުކުރެވެ. ނުބައި މީހުން ޞާލިޙުން ދެކެ ނަފްރަތު ކުރެއެވެ.
© (Active), Wycliffe Bible Translators, Inc. All rights reserved.