ހަރުބަސްތައް 27
27
މާދަމާ ކުރާނެ ކަމަކާ މެދު ބޮޑުބަސް ނުބުނާށެވެ.
1މާދަމާ މިވެނި ކަމެއް ކުރާނަމޭ ކިޔާފައި ބޮޑު ނުކަނޑާށެވެ. މިހާރާއި މާދަމާއާ ދެމެދު ކަންހިނގާނެ ގޮތެއް ކަލެއަކަށް ނޭނގޭނެއެވެ.
2ތިމާ އަމިއްލައަށް ތިމާއަށް ތާރީފު ނުކުރާށެވެ. އެހެން މީހަކު ކުރަންޏާ އެކަންތައް ކޮށްފާނެއެވެ. އެކަމަކު ތިމާގެ ދުލުން ނުކުރާށެވެ.
3ވެއްޔާއި ހިލައަކީ ބަރު އެއްޗެކެވެ. އެކަމަކު މޮޔައެއްގެ ކިބައިން ދިމާވާ ދެކޮޅުވެރިކަން އަދި އެއަށް ވުރެން ބަރެވެ.
4ރުޅި އައުމަކީ އަނިޔާވެރި މުސީބާތެއް ކަހަލަ ކަމެކެވެ. އެކަމަކު ހަސަދަވެފައި ހުންނަ މީހާ އެއަށް ވުރެން މާ ނުރައްކާތެރިއެވެ.
5ހަރުއަޑުން އަޑުލުން، ފާޅު ނުކުރާ ލޯތްބަކަށް ވުރެން ރަނގަޅެވެ.
6އިޚުލާސްތެރި ރަޙުމަތްތެރިޔެއްގެ އަތުން ވާ ޒަޚަމްތައް އަދާވާތްތެރިއެއްގެ ބޮސް ދިނުންތަކަށް ވުރެން ރަނގަޅެވެ.
7ބަނޑުފުރިފައިވާ މީހާއަށް މާމުއި ލިބުނަސް ނުބޮއެވެ. އެކަމަކު ހައިވެފައި ހުންނަ މީހާއަށް ހިތި ހަބަރުގައި ވެސް ފޮނިރަހަ ލައިފާނެއެވެ.
8ގެއިން ބޭރުގައި އުޅޭ މީހެކޭ ހާލިން ނުކުމެ އުޅޭ ދޫންޏެކޭ އެއްގޮތެވެ.
9މީރުވަސްދުވާ އަތަރަކުން ނުވަތަ މާވަހަރު ފަދައެއްޗެއްގެ ދުމުން ހިތަށް އުފާ ލިއްބައިދެއެވެ. އެފަދައިން ރަޙުމަތްތެރިޔެއްގެ ހެޔޮ ނަސޭހަތް ފުރާނައަށް ހިތްހަމަ ޖެހުން ގެނެސްދެއެވެ.
10ތިމާގެ ރައްޓެއްސަކު އަދި ތިމާގެ ބައްޕަގެ ރައްޓެއްސަކު ގެއްލުވާ ނުލާށެވެ. މުސީބާތެއް ދިމާވުމުން އެއްބަނޑު ތިމާގެ މީހާގެ ގާތަށް ކަންކަމު ދާން ނަހަދާށެވެ. ދުރުގައި ހުރި އެއްބަނޑު މީހަކަށް ވުރެން ކައިރީގައި ހުރި އަވަށްޓެރިޔާ މާ ފަސޭހައިން އަތުޖެހެއެވެ.
11ދަރިފުޅާއެވެ! ބުއްދިވެރިއަކަށް ވާށެވެ. އޭރުން އަހަރެންގެ ހިތް އުފަލުން ފުރޭނެއެވެ. އޭރުން އަހަރެންނަށް ފާޑު ކިޔާ މީހުންނަށް ރައްދު ދެވޭނެއެވެ.
12ހެޔޮ ވިސްނޭ މީހާއަށް މުސީބާތެއް އެބަ އަންނަކަން ވިސްނި ދުރާލާ ތައްޔާރު ވެއެވެ. ނުވިސްނާ މީހާ ގޮސް އެމުސީބާތުގެ ތެރެއަށް ބޯމަހާލާނެ އެވެ.
13ދުރުހިލޭ މީހަކު ނަގާ ދަރަންޏެއް ނަމަ މަތިވާ މީހާގެ އަތުން ރަހުނެއް ނަގާށެވެ. ބީރައްޓެއްސަކު ނަގާ ދަރަންޏެއް ނަމަ މަތިވާ މީހާގެ އަތުން ބަޔާނާއެއް އަތުލާށެވެ.
14އިރު ނާރަނީސް މާ އަޑުގަދަކޮށް މީހަކު އައިސް ސަލާން ގޮވާލައިފިނަމަ އެއީ ބަދުކަމަކަށް ބަލާށެވެ.
15އަނގަހުއްޓާ ނުލާ ކުދިކިޔާ އަންހެނެކޭ ހުއްޓާނުލާ ބޮލަށްޖަހާ ވާރޭފެން ތިއްކެކޭ އެއްގޮތެވެ.
16އޭނާގެ އަނގަ ހުއްޓުވަން އުޅުމެކޭ އަތުން ވައި ހިފަހައްޓަން ނުވަތަ އަތުގައި ތެޔޮ ހާކައިގެން އެއްޗެއް ހިފަހައްޓަން އުޅުމެކޭ އެއްފަދައެވެ.
17ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ. ރައްޓެއްސަކު އިސްލާހު ކުރެވޭނީ ރައްޓެއްސަކަށެވެ.
18ވައްތީނި ގަހެއް އިންދާ މީހާ އެގަހުގެ މޭވާ ކާނެއެވެ. އެފަދައިން ސާހިބުމީހާގެ ތަކެތި ރައްކާތެރިކޮށްދޭ މީހާއަށް އޭގެ ޝަރަފު ލިބޭނެއެވެ.
19ފެންގަނޑުން މޫނު ފެންނަހެން، ހިތުން މިހާގެ އަސްލު ސިފަ ދައްކުވައެވެ.
20މަރާއި ކަށްވަޅުގެ ބަނޑުނުފުރޭ ފަދައިން އިންސާނާގެ ހިތެއް ވެސް ނުފުރެއެވެ.
21ރިއްސާއި ރަނުގެ ސާފުކަން ބަލަނީ ވިރުވައިގެން ކަމަށް ވިޔަސް މީހެއްގެ ސާފު ކަން ބަލަނީ އެމީހަކަށް ސަނާ ކިޔައިގެންނެވެ.
22ވަނަކަށް އަޅައި ތަޅާ ހިމުން ކުރިޔަކަސް މޮޔައެއްގެ ކިބައިގައިވާ މޮޔަކަމެއް ނުފިލާނެއެވެ.
23ގެންގުޅޭ ބަކަރިތަކުގެ ހާލު އަހުވާލު ބަލައި ނިކަން ގަޔާވެގެން އެއެއްޗެއްސާ އަޅާލާށެވެ. 24އެހެނީ މީހާގެ މުއްސަނދިކަން އަބަދަކު ދެމިއެއް ނުހުރެއެވެ. ތިމާގެ ތާޖު ތިމާގެ ދަރިދަރިކޮޅަށް ދެމިގެން ނުގޮސްފާނެއެވެ. 25ވިނަތައް ނޮޅާ ސާފުކުރުމުން ގޮވާން ގަސް ފަޅައެވެ. ފަހުން އަނެއްކާވެސް ވިނަތައް ދިގުވާން ފަށައެވެ. 26ކަންބަޅިތަކުން ކަލެއަށް ކެހެރި ހެދުން ލިބެއެވެ. ބަކަރިތަކުން ދަނޑަށް އަގު އަދާ ކުރެވެއެވެ. 27އަދި އެ ބަކަރިތަކުން ކިރު ފެލައި ކަލެއާއި އާއިލާއާއި ގެންގުޅޭ އަންހެންކުދިންނަށް ކާން ދެވޭނެއެވެ.
© (Active), Wycliffe Bible Translators, Inc. All rights reserved.