ތިމޮތީއަށް ފުރަތަމަ ސިޓީ 8:2-10
ތިމޮތީއަށް ފުރަތަމަ ސިޓީ 8:2-10 ކމ
އެހެންވީމާ، އަހަރެން އެދެނީ އެންމެހާ ފިރިހެނުން ދުޢާ ކުރާ ހިނދު މަޑުމައިތިރިވެ އަތްތައް މައްޗަށް އުފުލައިގެން ރުޅިވެރިކަމާއި އަރާރުން އެއްކިބާވެތިބެ، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމަށެވެ. އަދި އަންހެންތަކުން ބޮޑާކަމެއް ނެތި އެކަށީގެންވާ ރަނގަޅު ހެދުމެއްގައި ތިބޭށެވެ. އެބައިމީހުންގެ މައްޗަށް ކަޅިއަޅާފަދަ އަގުބޮޑެތި ހެދުންތަކާއި ރަނާއި މުތުގެ ހާރުތައް އެޅުމުގެ އިތުރުން އިސްތަށިގަނޑަށް ބަދަލުތައް ގެނައުމުން އެކަހެރިވެ ތިބޭށެވެ. މާތްރަސްކަލާނގެ އަށް އެދި ދުޢާ ދަންނަވާ ކަމުގައި ބުނާ އަންހެނުންގެ ރީތިކަން ވަނީ އެކަނބަލުންގެ ހެޔޮ އަމަލުތަކުގައެވެ.