ތިމޮތީއަށް ފުރަތަމަ ސިޓީ 9:1-10

ތިމޮތީއަށް ފުރަތަމަ ސިޓީ 9:1-10 ކމ

އެކަމަކު މި ޤާނޫނުތަކަކީ ހެޔޮލަފާ މީހުންނަށްޓަކައި ބިނާކުރެވިފައިވާ އެއްޗެއް ނޫނެވެ. މިއީ ނުކިޔަމަންތެރިކަމާއި އަމުރާ ޚިލާފުވާ މީހުންނަށާއި ކަލާނގެވަންތަކަން ގަބޫލު ނުކުރާ ނުބައި ފާފަވެރިންނަށް އޮތް އެއްޗެކެވެ. މާތްރަސްކަލާނގެއާއިމެދު ބިރުވެތިނުވާ ފަރާތްތަކަށާއި މައިންބަފައިންގެ އިތުރުން އެހެނިހެން މީހުން މަރަމުން ދާ ފަރާތްތަކަށެވެ. މި ޤާނޫނުތައް ހިފެހެއްޓިފައި ވަނީ އިންސާނުންގެ ތެރެއިން ފާޙިޝް އަމަލުތައްކުރާ މީހުންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި އަޅުން ގަނެވިއްކާ ފަރާތްތަކާއި ދޮގުވެރިންނާއި ހުވަޔާ ޚިލާފުވާ ފަރާތްތަކަށެވެ. އަދި ތެދު އުނގަންނައިދިނުންތަކާއި ދެކޮޅުވެރިވާ މިނޫން ވެސް ހުރިހާ ފަރާތްތަކަށެވެ.