YouVersion 标志
圣经计划视频
获取软件
选择语言
搜索图标

ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2 的热门经文

1

ފިލިއްޕީގެ މަސީޙީންނަށް ސިޓީ 3:2-4

ކިތާބުލް މުޤައްދަސާ

ކމ

ތިޔަބައިމީހުންގެ ޢަޒުމުގައި އަމިއްލަ އެދުން އިސްނުކުރާށެވެ. އަދި އަގުވެއްޓިދާފަދަ ސަޅިބައިސާތަކުގެ އެދުންތަކުން އެއްކިބާވެ ތިބޭށެވެ. އެއާއެކު، ތިމާއަށް ވުރެން އަނެކާގެ ހާލާއިމެދުގައި އަބަދުވެސް އިސްކަން ދޭށެވެ. އަމިއްލަ ނަފްސުގެ ޝައުޤުވެރިކަމަށް ވުރެން އަނެކާގެ ޙާލަތާމެދު ޝައުޤުވެރިވާށެވެ.

对照

探索 ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:3-4

2

ފިލިއްޕީގެ މަސީޙީންނަށް ސިޓީ 5:2

ކިތާބުލް މުޤައްދަސާ

ކމ

ތިޔަބައިމީހުންގެ މިޒާޖު ވާންޖެހޭނީ އީސާ އަލްމަސީޙާއި އެއްފަދައިންނެވެ.

对照

探索 ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:5

3

ފިލިއްޕީގެ މަސީޙީންނަށް ސިޓީ 6:2-8

ކިތާބުލް މުޤައްދަސާ

ކމ

އެކަލޭގެފާނުގެ ކިބަފުޅުގައި މާތްރަސްކަލާނގެ ޒާތުފުޅުގައި ވޮޑިގެންވާ އެންމެހާ ސިފަފުޅުތަކެއް ވެއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ އާއި އެއްފަދައިންވި ކަމުގައިވިޔަސް ކަލާނގެވަންތަ ކަމުގެ ޙައްޤު ބޭނުން ނުކުރައްވައި ދޫކޮށްލެއްވިއެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ކައުވަންތަ ކަމުގެ ފައިދާ ނަންގަވަން ނޫޅުއްވާ ދޫކޮށްލެއްވީއެވެ. އެކަލޭގެފާނު އިޚްތިޔާރު ކުރެއްވީ އަޅެއްގެ ނިކަމެތި މަގާމެވެ. އުފަންވެ ވަޑައިގެންނެވީ އިންސާނެއްގެ ގޮތުގައެވެ. އަދި އަހަރެމެން ފަދަ އިންސާނަކު ފަދައިން ނިކަމެތިވެ ވަޑައިގެންނެވިއެވެ. އަދި ކިޔަމަންތެރިކަމުގެ މަގުގައި ހިންގަވާ ވަޑައިގެންނެވި ހިނދު ސަލީބުގައި އަވަހާރަކުރެވުނެވެ.

对照

探索 ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:6-8

4

ފިލިއްޕީގެ މަސީޙީންނަށް ސިޓީ 13:2

ކިތާބުލް މުޤައްދަސާ

ކމ

ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ އެދުން ތިޔަބައިމީހުންނަށް ދެއްވުމާއެކުގައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ މަގުސަދާއި އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އަމަލުކުރުމަށެވެ.

对照

探索 ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:13

5

ފިލިއްޕީގެ މަސީޙީންނަށް ސިޓީ 9:2-11

ކިތާބުލް މުޤައްދަސާ

ކމ

މި ކިޔަމަންތެރިވެ ވަޑައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވިއެވެ. އަދި ސުވަރުގޭގެ އެންމެ މަތިވެރި މަޤާމަށް އެކަލޭގެފާނު އުފުއްލަވާ އެއްވެސް ފަރާތަކަށް ރައްދު ނުކުރެވޭފަދަ ލަގަބެއް ދެއްވާ މަތިވެރި ކުރެއްވިއެވެ. އެހެންވީމާ، މިދުނިޔެ އާއި ސުވަރުގޭގެ އިތުރުން އަދި މަރުވެ ދިޔަ ހުރިހާ އެންމެން އީސާގެފާނުގެ ނަންފުޅަށް ސަޖިދަ ކޮށް އަޅުކަން ކުރާނެއެވެ. އަދި ހުރިހާ އެންމެން އަލްމަސީޙު އީސާ އަލްމަސީޙަކީ މާތްސާހިބާ ކަމުގައި އެއްބަސްވުމުގެ އިތުރުން ބައްޕާފުޅު، މާތްރަސްކަލާނގެ މަތިވެރިކަމާމެދު ޙަމްދާއި ސަނާ ކިޔާނެއެވެ.

对照

探索 ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:9-11

6

ފިލިއްޕީގެ މަސީޙީންނަށް ސިޓީ 14:2-15

ކިތާބުލް މުޤައްދަސާ

ކމ

ކުރާ ކޮންމެ ކަމެއް ކުރުމުގައި ޝަކުވާއާއި ދެބަސްވުންތަކުން އެކަހެރިވެ ތިބެ ކުރާށެވެ. އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ.

对照

探索 ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:14-15

7

ފިލިއްޕީގެ މަސީޙީންނަށް ސިޓީ 12:2

ކިތާބުލް މުޤައްދަސާ

ކމ

މާގޭ އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! ތިޔަބައިމީހުންނާއި އެކުގައި އަހަރެން ވީހިނދުގައި މާތްރަސްކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންތެރި ވިއެވެ. ހަމައެފަދައިން ތިޔަބައިމީހުންނާއި ދުރުގައި އަހަރެން މި ވޭތުކުރާ ހިނދު ކިޔަމަންތެރި ކަމުގެ އިންތިހާގައި ވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ދިންނެވުން ދެއްވައި ސަލާމަތް ކޮށްދެއްވިއެވެ. އެކަމާމެދު ތިޔަބައިމީހުން ކިޔަމަންތެރިވެ، ޚާލިސްކަމާއެކު އެކަލާނގެއަށް ބިރުވެތިވެ ކުރިއަށްދާށެވެ.

对照

探索 ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:12

上一章
下一章
YouVersion

我们要鼓励、挑战你每天亲近上帝。

事工

关于我们

就职机会

义工

博客

新闻区

有用链接

帮助

捐赠

圣经译本

音频圣经

译本语言

今日经文


此数字事工属于

Life.Church
English (US)

©2025 Life.Church / YouVersion

隐私政策使用条款
漏洞披露方案
FacebookTwitterInstagramYouTubePinterest

主页

圣经

计划

视频