YouVersion 标志
圣经计划视频
获取软件
选择语言
搜索图标

ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6 的热门经文

1

ގަލާތިޔާގެ މަސީޙީންނަށް ސިޓީ 9:6

ކިތާބުލް މުޤައްދަސާ

ކމ

އެހެންވީމާ ބުނަމެވެ. ހިތްވަރު ދެރަނުކޮށް ރަނގަޅަށް ކަންތައް ކުރަމުން ގެންދާށެވެ. އަހަރެމެން ދެގޮތެއް ނުވެތިބެ ކަންތައްކުރުމުން އެކަމުގެ ވަގުތު ޖެހުމުން އަހަރެމެންނަށް އެކަމުގެ ފައިދާ ފެންނާނެ އެވެ.

对照

探索 ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:9

2

ގަލާތިޔާގެ މަސީޙީންނަށް ސިޓީ 10:6

ކިތާބުލް މުޤައްދަސާ

ކމ

އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.

对照

探索 ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:10

3

ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:6

ކިތާބުލް މުޤައްދަސާ

ކމ

އެކަކު އަނެކަކަށް ޖެހޭ އުނދަގޫތަކާ ބުރަތަކުގައި އެކަކު އަނެކަކަށް އެހީވާށެވެ. އޭރުން ކަލޭމެންނަށް އަލްމަސީޙުގެ އަމުރުފުޅުތަކަށް އެކިޔަމަން ވެވުނީއެވެ.

对照

探索 ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:2

4

ގަލާތިޔާގެ މަސީޙީންނަށް ސިޓީ 7:6

ކިތާބުލް މުޤައްދަސާ

ކމ

މާތްރަސްކަލާނގެ ކިބަފުޅަށް އޮޅުވާލެވިދާނެ ކަމަށް ހީނުކުރައްޗެވެ. އެމީހަކު ކުރި އަމަލެއްގެ ނަތީޖާ އެމީހަކަށް ފެންނާނެ އެވެ. މިކަންތަކަށް އޮޅުވާނުލައި ސަމާލުވެ ތިބޭށެވެ. ޔަޤީނުން ވެސް އެމީހަކަށް ލިބޭނީ އެމީހަކު އިންދި އޮށަކުން ފަޅާ ގަހެއްގެ މޭވާއެވެ.

对照

探索 ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:7

5

ގަލާތިޔާގެ މަސީޙީންނަށް ސިޓީ 8:6

ކިތާބުލް މުޤައްދަސާ

ކމ

ފާފަވެރި، އަމިއްލަ ނަފްސުގެ އެދުންތަކަށް ކަންތައްކުރާ މީހުންނަށް އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭނީ ހަލާކާއި ނެތިވެދިއުމެވެ. މާތްރޫޙުފުޅުގެ އެދުމާއި އެއްގޮތަށް ކަންތައްކުރާ މީހުންނަށް މާތްރޫޙުފުޅުގެ ސަބަބުން ލިބޭނީ ނިމުންނުވާ ޙަޔާތެވެ.

对照

探索 ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:8

6

ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:6

ކިތާބުލް މުޤައްދަސާ

ކމ

މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެންގެ ތެރެއިން މީހަކު ފާފައެއް ކޮށްފިނަމަ، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ މީހަކު އެމީހާއަށް އޯގާތެރި ކަމާއި އެކު އެހީވެ އެމީހަކު ރަނގަޅު ކުރުވާށެވެ. މީހަކު ފާފައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ވީމާ ކަލޭމެން ވެސް ވަރަށް ބަލައިގެން އުޅޭށެވެ.

对照

探索 ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:1

7

ގަލާތިޔާގެ މަސީޙީންނަށް ސިޓީ 3:6-5

ކިތާބުލް މުޤައްދަސާ

ކމ

މީހަކު ތިމަން މިއީ އެހެންމީހުންނަށް ވުރެން މޮޅު މީހަކު ކަމުގައި ދެކޭނަމަ އެމީހާ އެ އޮޅުވާލަނީ އޭނާގެ އަމިއްލަ ނަފްސަށެވެ. އެމީހެއްގެ އަމަލުތައް ރަނގަޅުކުރާށެވެ. އަދި އެއަމަލުތަކާއި މެދު ބަލާއިރު އެކަން ކުރެވުނީ ރަނގަޅަށްނަމަ އެކަމާ އުފާކުރާށެވެ. ނަމަވެސް ތިމާ ކުރާ އަމަލުތައް އެހެން މީހުން ގެ އަމަލުތަކާ އަޅާ ނުބަލާށެވެ. އެއީ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ އަމަލުތަކުގެ މައްޗަށް ޒިންމާ ވާން ޖެހޭނެތީއެވެ.

对照

探索 ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6:3-5

上一章
下一章
YouVersion

我们要鼓励、挑战你每天亲近上帝。

事工

关于我们

就职机会

义工

博客

新闻区

有用链接

帮助

捐赠

圣经译本

音频圣经

译本语言

今日经文


此数字事工属于

Life.Church
English (US)

©2025 Life.Church / YouVersion

隐私政策使用条款
漏洞披露方案
FacebookTwitterInstagramYouTubePinterest

主页

圣经

计划

视频