YouVersion 标志
圣经计划视频
获取软件
选择语言
搜索图标

މަންދޫބުންގެ މަސައްކަތް 2 的热门经文

1

މަންދޫބުންގެ މަސައްކަތް 38:2

ކިތާބުލް މުޤައްދަސާ

ކމ

ޕަތަރަސް ބުންޏެވެ. ”⁠ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.

对照

探索 މަންދޫބުންގެ މަސައްކަތް 2:38

2

މަންދޫބުންގެ މަސައްކަތް 42:2

ކިތާބުލް މުޤައްދަސާ

ކމ

އެދުވަހަށް ފަހު މިމީހުން އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނާއި ބޭހޭ ގޮތުން ކިޔަވާދެއްވަމުން ގެންދެވި ތަކެތި އަހާ ދަސް ކުރުމަށް އައެވެ. އަދި ހުރިހާ އީމާންވާ މީހުން އެކުގައި ޖަމާވެ، އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއިއެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކާ، އެކުގައި ކައި ބޮއި ހެދުމުގައާއި ދުޢާ ކުރުން މަތީ އެމީހުންގެ ދުވަސްތައް ހޭދަކުރިއެވެ.

对照

探索 މަންދޫބުންގެ މަސައްކަތް 2:42

3

މަންދޫބުންގެ މަސައްކަތް 4:2

ކިތާބުލް މުޤައްދަސާ

ކމ

އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.

对照

探索 މަންދޫބުންގެ މަސައްކަތް 2:4

4

މަންދޫބުންގެ މަސައްކަތް 2:2-4

ކިތާބުލް މުޤައްދަސާ

ކމ

ކުއްލިއަކަށް އުޑުން އައި ގަދަ ވައިގަނޑެއް ކަހަލަ އަޑެއް އިވުނެވެ. އެ އަޑުން އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ތިބި ގެ ގުގުމައިގެން ދިޔައެވެ. އަދި އަލިފާނުގެ ހުޅުކޮޅުތަކެއް ފަދަ އަލިތަކެއް އުދުހެމުން ދާ ތަން އެމީހުން ދުއްޓެވެ. މި އަލިކޮޅުތައް އައިސް އެ ގޭތެރޭގައި ތިބި އެންމެންގެ ބޯ މައްޗަށް ޖެއްސިއެވެ. އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.

对照

探索 މަންދޫބުންގެ މަސައްކަތް 2:2-4

5

މަންދޫބުންގެ މަސައްކަތް 46:2-47

ކިތާބުލް މުޤައްދަސާ

ކމ

ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ. އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކޮށް އަދި މީސްތަކުންގެ ކިބައިން އެމީހުންނަށް ލިބެމުން ދިޔަ ރަނގަޅު ނަމާއި ހެޔޮބަސްތަކުގެ މައްޗަށް އުފާކޮށް އުޅުނެވެ. މާތްރަސްކަލާނގެ އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަ ކުރައްވަމުން ދިޔައެވެ.

对照

探索 މަންދޫބުންގެ މަސައްކަތް 2:46-47

6

މަންދޫބުންގެ މަސައްކަތް 17:2

ކިތާބުލް މުޤައްދަސާ

ކމ

އެކަލާނގެ ނަބީ ޔޮއެލްއަށް ވަޙީ ކުރެއްވި: ’⁠ތިމަންކަލާނގެ އިންސާނުންނަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފޮނުއްވާނީ ފަހު ޒަމާނުގެ ދުވަސްވަރު އޭ. އޭރުން ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިން ތިމަންކަލާނގެ އެމީހުންނަށް އަންގަވާ ވަޙީ ބަސްފުޅުތައް ހާމަކޮށްދޭނޭ. ކަލޭމެންގެ ތެރެއިން ޒުވާން ފިރިހެނުން ތިމަންކަލާނގެ ދައްކަވާ އަލާމާތްތައް ދެކޭނޭ. އަދި ކަލޭމެންގެ ތެރެއިން ދުވަސްވީ ފިރިހެނުންނަށް ތިމަންކަލާނގެ ދައްކަވާ ހުވަފެންތައް ފެންނާނޭ.

对照

探索 މަންދޫބުންގެ މަސައްކަތް 2:17

7

މަންދޫބުންގެ މަސައްކަތް 44:2-45

ކިތާބުލް މުޤައްދަސާ

ކމ

އީމާންވީ ހުރިހާ މީހުން ވަނީ އެކުގައެވެ. އަދި އެމީހުންގެ އަތުގައިވާ ހުރިހާ އެއްޗެއް ވެސް އެއީ އެންމެންގެ އެއްޗެތި ކަމުގައި ހެދިއެވެ. އެމީހުންގެ މުދަލާ އެހެން ވެސް ތަކެތި ވިއްކައިގެން އެ ލިބުނު ލާރި އެމީހުންގެ ތެރެއިން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ދީ ހެދިއެވެ.

对照

探索 މަންދޫބުންގެ މަސައްކަތް 2:44-45

8

މަންދޫބުންގެ މަސައްކަތް 21:2

ކިތާބުލް މުޤައްދަސާ

ކމ

އެދުވަހުގެ ކުރިން މާތް ސާހިބާގެ ނަންފުޅުގަނެ އެނަންފުޅުގައި އެދެފި ކޮންމެ މީހަކު ދިންނެވޭނޭ.⁠‘

对照

探索 މަންދޫބުންގެ މަސައްކަތް 2:21

9

މަންދޫބުންގެ މަސައްކަތް 20:2

ކިތާބުލް މުޤައްދަސާ

ކމ

މާތް ސާހިބާގެ، މަތިވެރި، ވެރި ކަމުގެ ދުވަސް އައުމުގެ ކުރިން، އިރު އަނދިރި ކަމަށް ބަދަލު ވާނޭ. އަދި ހަނދު ލޭ ފަދައިން ރަތް ވެގެންދާނޭ.

对照

探索 މަންދޫބުންގެ މަސައްކަތް 2:20

上一章
下一章
YouVersion

我们要鼓励、挑战你每天亲近上帝。

事工

关于我们

就职机会

义工

博客

新闻区

有用链接

帮助

捐赠

圣经译本

音频圣经

译本语言

今日经文


此数字事工属于

Life.Church
English (US)

©2025 Life.Church / YouVersion

隐私政策使用条款
漏洞披露方案
FacebookTwitterInstagramYouTubePinterest

主页

圣经

计划

视频