YouVersion 标志
圣经计划视频
获取软件
选择语言
搜索图标

ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2 的热门经文

1

ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 3:2

ކިތާބުލް މުޤައްދަސާ

ކމ

ހަމައެހެންމެ، މީސްތަކުން ދައްކާ ވާހަކަތަކުން ތިޔަބައިމީހުން އެއްގޮތަކަށް ވެސް މޮޔަހެއްދިޔަ ނުދޭށެވެ! އެހެނީ މީސްތަކުން މާތްރަސްކަލާނގެ އާއި އިދިކޮޅަށް ބަޣާވާތް ހިންގައި، އަދި މާތްރަސްކަލާނގެ ނައްތާލުމަށް ނިޔާކަނޑައަޅާފައިވާ އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅުވުމުގެ ކުރިން މާތްސާހިބާ އެނބުރި ވަޑައި ނުގަންނަވާނެއެވެ.

对照

探索 ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:3

2

ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 13:2

ކިތާބުލް މުޤައްދަސާ

ކމ

މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.

对照

探索 ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:13

3

ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 4:2

ކިތާބުލް މުޤައްދަސާ

ކމ

އަދި މީސްތަކުން އަޅުކަން ކުރާ ކޮންމެ އެއްޗަކާއި އޭނާ ދެކޮޅުވެރިވެ އެ ފަރާތްތަކުގެ މައްޗަށް ބާރުވެރިވެ އޭނާއަށް އަޅުކަން ކުރުމަށް ބުނާނެއެވެ. އަދި އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ބައިތުލް މަޤްދިސްއަށް ގޮސް އެތަނުގައި އިށީނދެގެން އިނދެ ތިމަންނައަކީ މާތް ކަލާނގެ ކަމަށް އޭނާ ދަޢުވާ ކުރާނެއެވެ.

对照

探索 ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:4

4

ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 16:2‏-17-16‏-17

ކިތާބުލް މުޤައްދަސާ

ކމ

އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.

对照

探索 ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:16‏-17-16‏-17

5

ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 11:2

ކިތާބުލް މުޤައްދަސާ

ކމ

ވީމާ މި ބޮޑު ދުޝްމަން ފަރާތުގެ ދޮގު ވާހަކަތަކާއި މަކަރުވެރިކަމުގައި ޖެހި ދިއުމަށް މާތްރަސްކަލާނގެ އެމީހުންނަށް ޖައްސަވާނެއެވެ.

对照

探索 ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:11

6

ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 9:2-10

ކިތާބުލް މުޤައްދަސާ

ކމ

މި ބޮޑު ދުޝްމަން ފަރާތް ފައުޅުވެ ޝައިތާނާގެ ފަރާތުން ލިބިފައިވާ ބާރުން އެންމެހާ ބާވަތްތަކުގެ ޙައިރާން ކުރުވާފަދަ ދޮގު މުޢުޖިޒާތްތަކާއި، ނިޝާންތައް ދައްކާނެއެވެ. ހަމައެހެންމެ އޭނާ އެކި ވައްތަރުގެ މަކަރުވެރި ނުބައި އަމަލުތަކުން ގެއްލެނިވެގެން ވާނޭ ފަރާތްތައް މޮޔަ ހައްދާނެއެވެ. އެބައިމީހުން ގެއްލެނިވެގެން ވާނީ ސަލާމަތް ވުމުގައިވާ ތެދުވެރިކަމަށް ލޯބި ކުރުމާއިމެދު އިންކާރު ކުރުމުގެ ސަބަބުންނެވެ.

对照

探索 ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:9-10

7

ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 7:2

ކިތާބުލް މުޤައްދަސާ

ކމ

މި ބޮޑު ދުޝްމަން ފަރާތުގެ ނުފޫޒު މިހާރު ވެސް ސިއްރުން ދުނިޔޭގައި ހިނގަމުން ދެއެވެ. ނަމަވެސް ކޮންމެވެސް ފަރާތަކުން އޭނާ ވަނީ ހިފަހައްޓާފައެވެ. އަދި އޭނާ ހިފަހައްޓާފައިވީ ފަރާތް އޭނާއާއި ދުރަށް ޖެހި ވަޑައިގެންނެވުމުގެ ކުރިން އޭނާ ފައުޅެއް ނުވާނެއެވެ.

对照

探索 ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:7

上一章
下一章
YouVersion

我们要鼓励、挑战你每天亲近上帝。

事工

关于我们

就职机会

义工

博客

新闻区

有用链接

帮助

捐赠

圣经译本

音频圣经

译本语言

今日经文


此数字事工属于

Life.Church
English (US)

©2025 Life.Church / YouVersion

隐私政策使用条款
漏洞披露方案
FacebookTwitterInstagramYouTubePinterest

主页

圣经

计划

视频