މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ. ތިޔަބައިމީހުން ޚިޔާރު ކުރެއްވި ފަރާތުން މިކަންތައްތައް ތިޔަބައިމީހުންނަށް ކޮށްދެއްވާނެއެވެ. އެކަލާނގެއީ އަމާނާތްތެރިވެ ވޮޑިގެންވާ ކަލާނގެއެވެ.