Biểu trưng YouVersion
Biểu tượng Tìm kiếm

ފެށުން 1

1
ދުނިޔެއާއި ކާއިނާތު އުފެއްދެވުން
1މާތްކަލާނގެ އެންމެ ފުރަތަމަ އުފެއްދެވީ އުޑުތަކާއި މި ދުނިޔެއެވެ. 2ދުނިޔެ އުފެއްދެވިއިރު އެވަނީ ސިފައެއްނެތި ހުސްކޮށެވެ. ވަށައިގެންވާ ފުންކަމުގައި ވަނީ އަނދިރިކަމެވެ. އޭރު މާތްކަލާނގެ ރޫޙުފުޅު ފެން މަތީގައި ބުރުއަޅަމުން ދިޔައެވެ.
3ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަލިކަން ފާޅުވޭ!⁠“ ދެން ހަމަ އެއާއެކު ދުނިޔެ އަލިވެގެން ދިޔައެވެ. 4މާތްކަލާނގެ އެ އަލިކަމަށް ބައްލަވާވޮޑިގެން އެއަލިކަން ރަނގަޅުކަމަށް ދެކެވޮޑިގަތެވެ. ދެން މާތްކަލާނގެ އަނދިރިކަމުގެ ތެރޭން އަލިކަން ވަކި ކުރެއްވިއެވެ. 5މާތްކަލާނގެ އެއަލިކަމަށް ދުވާލުގެ ނަމުން ނަންދެއްވިއެވެ. އަނދިރިކަމަށް އެކަލާނގެ ރޭގަނޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ފުރަތަމަ ދުވަހެވެ.
6ދެން މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ފެންތަކުގެ މެދުން ހުސްތަނެއް އުފެދޭ! ފެންތަކުގެ ތެރޭން ފެންތަކެއް ވަކިވޭ!⁠“ 7ދެން މާތްކަލާނގެ އެ ހުސްތަން އުފައްދަވައި އެ ހުސްތަނުގެ ތިރީގައި ހުރި ފެނާއި މަތީގައި ހުރި ފެން ވަކިކުރެއްވިއެވެ. އެކަން އެ ގޮތަށް ހިނގައިފިއެވެ. 8ދެން އެހުސްތަނަށް މާތްކަލާނގެ އުޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ދެވަނަ ދުވަހެވެ.
9ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އުޑުގެ ދަށުގައި ހުރި ފެން އެއްތަނަކަށް އެއްވޭ! އޭގެ ތެރޭން ހިކިފަސްތަން ފާޅުވޭ!⁠“ ދެން އެކަން އެ ގޮތަށް ހިނގައިފިއެވެ. 10ދެން އެ ހިކިފަސްތަނަށް ބިމޭ ވަޙީ ކުރައްވައި ނަންދެއްވިއެވެ. އަދި އެއްތަނަކަށް އެއްވި ފެންތަކަށް ކަނޑުގެ ނަމުން އެކަލާނގެ ނަންދެއްވިއެވެ. މިތަން ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
11އެއަށް ފަހު މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ބިމުން ގަސްގަހާގެހި ފަޅާ! އޮށް ހުރި ގަސްތަކާއި މޭވާގައި އޮށް ހުންނަ ގަސްތަކާއި މިފަދަ ކޮންމެ ބާވަތެއް ބިންމަތީގައި ހެދޭ!⁠“ ދެން މިކަންތައް އެ ގޮތަށް ހިނގައިފިއެވެ. 12ބިމުން ގަސްގަހާގެހި ފަޅައި އޮށް ހުރި ގަސްތައް ފަޅައި މޭވާގައި އޭގެ އޮށް ހުރި ގަސްތައް ފަޅައި އެއިން ކޮންމެ ބާވަތެއް އެވައްތަރެއްގެ ގަހެއްގެ ގޮތުގައި ފަޅައިފިއެވެ. ދެން އެގަސްތައް ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ. 13ރޭވެފައި އަލިވެއްޖެއެވެ. އެއީ ތިންވަނަ ދުވަހެވެ.
14ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ރެޔާއި ދުވާ ވަކިކުރުމަށް އުޑުގައިވާ ހުސްތަނުގައި އަލިތައް އުފެދޭ! އަދި އެއީ މޫސުންތަކާއި ދުވަސްތަކާއި އަހަރުތައް ވަކިކޮށްދޭ ފާހަގަތަކެއް ކަމުގައިވޭ! 15އަދި އެއީ އުޑުގެ ހުސްތަނުގައިވާ އަލިތަކަކަށް ވެ ބިންމައްޗަށް އެއިން އަލިކުރޭ!⁠“ ދެން އެކަންތައް އެ ގޮތަށް ހިނގައިފިއެވެ.
16މާތްކަލާނގެ ބޮޑު ދެ އަލިކަން އުފެއްދެވީ އޭގެ ތެރޭން ބޮޑު އަލިކަމުން ދުވާލުގެ މައްޗަށް އަމުރު ހިންގައި ކުޑައަލިކަމުން ރޭގަނޑުގެ މައްޗަށް އަމުރު ހިންގުމަށެވެ. ތަރިތައް ވެސް ވަނީ މިކަމަށް އުފައްދަވާފައެވެ. 17މާތްކަލާނގެ އުޑުގައި މިއަލިތައް ބެހެއްޓެވީ ބިމަށް އަލި ކުރުމަށެވެ. 18އަދި ދުވާލުގެ މައްޗަށާއި ރޭގަނޑުގެ މައްޗަށް ބާރު ހިންގުމަށެވެ. އަދި އަނދިރީގެ ތެރޭން އަލިކަން ވަކި ކުރުމަށް ވެސް މެއެވެ. މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ. 19ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަތަރުވަނަ ދުވަހެވެ.
20ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ފެންގަނޑުގައި އައިން އައިނަށް ދިރޭތަކެތި އުފެދޭ. އަދި ބިންމަތީ ޖައްވާއި އުދަރެހުގެ ހުސްކަމުގެ ތެރޭގައި ދޫނިސޫފާސޫފި އުދުހޭ!⁠“ 21މިގޮތުން މާތްކަލާނގެ ކަނޑުގައި ބިޔަ ތަކެއްޗަކާއި ކޮޅުކޮޅު މައްޗަށް ދުވާ ތަފާތު އެތައް ބާވަތެއްގެ ދިރޭ ތަކެއްޗެއް އުފެއްދެވިއެވެ. އަދި އެކިބާވަތުގެ ދޫނިސޫފާސޫފި ވެސް އުފެއްދެވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ. 22އަދި މާތްކަލާނގެ އެތަކެއްޗަށް ބަރަކާތްލެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އުފެދި ގިނަގުނަވެ ކަނޑުތައް ފުރާލާ! އަދި ދޫނި ސޫފާސޫފިތައް ގިނަގުނަވެ ދުނިޔެ ފުރާލާ!⁠“ 23ރޭވެފައި އަލިވެއްޖެއެވެ. އެއީ ފަސްވަނަ ދުވަހެވެ.
24އަދި މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ބިމުން އެކިބާވަތުގެ ދިރޭތަކެތި އުފެދޭ! އެކިކަހަލަ ޖަނަވާރުތަކާއި ސޫފާސޫފިތަކާއި ބިޔަތަކެތި އޭގެ ބާވަތްތަކުން އުފެދޭ!⁠“ ދެން އެކަންތައް އެ ގޮތަށް ވެއްޖެއެވެ. 25މިގޮތުން މާތްކަލާނގެ އެކި ބާވަތް ބާވަތުގެ ޖަނަވާރުތަކާއި އެކިބާވަތްބާވަތުގެ ދިރުންހުރި ތަކެތި ބިންމަތީގައި ލެއްވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
26ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠މިހާރު އަހަރެމެންގެ ސޫރައިގައި އަހަރެމެންނާ އެއް ސިފައިގައި އިންސާނާ އުފައްދާނަން! އަދި އެއިންސާނުންނަށް ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިސޫފާސޫފިތަކާއި ބިމުގައިވާ ޖަނަވާރުތަކާއި އަދި އެހެން ވެސް މި ދުނިޔޭގައިވާ ނަމަ ވާހައި އެއްޗެއްގެ ވެރިކަން ދޭނަން.⁠“
27ދެން މާތްކަލާނގެ އެކަލާނގެ އަމިއްލަ ސޫރަފުޅުގައި އިންސާނާ ހެއްދެވިއެވެ. މާތްކަލާނގެ އިންސާނާ ހެއްދެވީ އެކަލާނގެއާ އެއްވައްތަރަށެވެ. އިންސާނާ އުފައްދަވާފައި ވަނީ ފިރިހެނަކާ އަންހެނެއްގެ ގޮތުގައެވެ.
28މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!⁠“
29ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ބަލާލަބަލަ! އަހަރެން މިވަނީ އޮށްއަޅާ ހުރިހާ ބާވަތެއްގެ ގަހަކާއި އަދި މޭވާގައި އޮށް ހުންނަ ގަސްގަހާގެހި ދުނިޔޭގެ ބިމުން ފަޅުވާފައި. އެއީ ތިޔަބައިމީހުން އެތަކެތި ކައި ހެދުމަށްޓަކާ. 30އަދި ދުނިޔޭގައި އުޅޭ ހުރިހާ ބިޔަ ޖަނަވާރުތަކަށާއި ވަޔާއި ޖައްވުގައި އުޅޭ ހުރިހާ ދޫނިތަކަށާއި ބިމުގައި އުޅޭހާ ސޫފާސޫތްޕަކަށާއި ނޭވާލައި ދިރޭ ހުރިހާ އެއްޗެއްގެ ކެއުމެއްގެ ގޮތުގައި ފެހިކުލައިގައިވާ ހުރިހާ ގަސްގަހާގެއްސެއް ދީފިން.⁠“ ދެން އެކަންތައް އެ ގޮތަށް ހިނގައިފިއެވެ.
31ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ.
ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.

Tô màu

Chia sẻ

Sao chép

None

Bạn muốn lưu những tô màu trên tất cả các thiết bị của mình? Đăng ký hoặc đăng nhập

YouVersion sử dụng cookies để cá nhân hóa trải nghiệm của bạn. Bằng cách sử dụng trang web của chúng tôi, bạn chấp nhận việc chúng tôi sử dụng cookies như được mô tả trong Chính sách Bảo mậtcủa chúng tôi