1 ޞަމޫއީލް 28
28
ޝާއުލްގެފާނާއި އައިނު ދޫރުގެ ސިހުރުވެރިޔާ
1އެ ދުވަސްވަރު އިސްރާއީލީންނާއި ހަނގުރާމަ ކުރަން ފިލިސްޠީނުން ސިފައިން އެއް ކުރަމުން ދިޔައެވެ. އަޚީޝް ރަސްގެފާނު ދާއޫދު ގާތު ވިދާޅުވިއެވެ. ”ކަލެއާއި ކަލޭގެ މީހުން ވެސް އަހަރެންގެ ސިފައިންގެ ތެރޭގައި ހިމެނޭނެ.“
2ދާއޫދު ބުންޏެވެ. ”ތިހެން ވީއިރު މަނިކުފާނުގެ ޚާދިމު އަޅުގަނޑު ކަންތައް ކުރާ ކުޅަދާނަކަން މަނިކުފާނަށް ފެނިވަޑައިގަންނަވާނެ.“
އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”އަހަރެން މުޅި އުމުރަށް އަހަރެންގެ ހަށިފާރަވެރިޔަކަށް ކަލޭ ހަމަޖައްސާނަން.“
3މިހާރު ޞަމޫއީލްގެފާނު އަވަހާރަވެ އިސްރާއީލީން އެކަމާ ހިތާމަކޮށް އެކަލޭގެފާނު ރާމާގައި ވަނީ ވަޅުލާފަ އެވެ. ޝާއުލްގެފާނު ވަނީ ހުރިހާ ފާލުބަލާ މީހުންނާއި ސިހުރުވެރިން އިސްރާއީލުގެ ރަށްތަކުން ފައްސާލައްވާފަ އެވެ.#28:3 މި ސިހުރުވެރިންނަކީ މަރުވެފައި ތިބި މީހުންނާއި އެކި ކަހަލަ ރޫޙުތަކާއި ގުޅުން އުފައްދަން މެދުވެރި ކުރާބައެކެވެ. މިބާވަތުގެ ކަންތަކާއި ފަންޑިތަ ސިހުރު ހާހޫރައަކީ ތައުރާތުގައި މަނާ ކުރެވިފައިވާ ކަންކަމެވެ.
4ފިލިސްޠީނުން ޝޫނަމަށް ގޮސް އެތާނގައި ފޭލިގެ ޖަހައިފިއެވެ. އޭރު ޝާއުލް ރަސްގެފާނުގެ ލަޝްކަރު ޖިލްބޫއަށް އެއްކޮށްފައި އޮތެވެ. 5ޝާއުލްގެފާނަށް ފިލިސްޠީނުންގެ ލަޝްކަރު ފެނުމުން ފިތްކަނޑައިގެން ދާހާވަރަށް ބިރުފުޅުގެންފިއެވެ. 6އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދުޢާ ކުރެއްވުމުން ވެސް އިލްހާމެއް ވިޔަސް ނަބީއެއް ވިޔަސް އޫރީމުގެ ޖަވާބެއް ވެސް#28:6 އޫރީމަކީ އުއްތަމަ އިމާމަށް މާތްރަސްކަލާނގެ އަންގަވާ އެންގެވުން ދެނެގަތުމަށް ފާލުބަލަން ގެންގުޅޭ ހިލަ ކޮޅު ތަކެކެވެ. ނައައެވެ. 7ޝާއުލްގެފާނު އެހީތެރިންނަށް ވިދާޅުވިއެވެ. ”އަހަރެން ހަދަންވީ ކިހިނެއް ކަން އޮޅުންފިލުވަން ސިހުރުވެރި އަންހެނަކު ފެނޭތޯ ބަލާބަލަ.“
”އެކަހަލަ އަންހެނަކު ޢައިނި ދުވަރުގައި އެބަ އުޅޭ.“ އެމީހުން ދެންނެވިއެވެ.
8މިހެން ބުނުމުން ޝާއުލްގެފާނު އާދައިގެ ހެދުންކޮޅެއް ތުރުކުރައްވައި ސިފަފުޅު ބަދަލު ކުރައްވައިގެން ދެމީހަކު ގޮވައިގެން އެއަންހެންމީހާ ގާތަށް ވަޑައިގެންފިއެވެ. ”އަހަރެންނަށް ރޫޙަކާ ވާހަކަ ދެއްކޭ ގޮތް ހަދައިދީ.“ އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެން މި ބުނާ މީހާގެ ރޫޙު ގެނެސްދީ.“
9އަންހެންމީހާ ބުންޏެވެ. ”ކަލެއަށް ވެސް އެނގޭނެ ޝާއުލް ރަސްގެފާނު އިސްރާއީލުގެ ބިމުން ފާލުބަލާ މީހުންނާއި ސިހުރުވެރިން ފައްސާލައިފައި ވާކަން. ކަލޭ އަހަރެން ތާށިކޮށް އަހަރެން މަރާ ކުރިމަތި ކުރުވަން ތިޔަ އުޅެނީ ކީއްވެތަ؟“
10ޝާއުލްގެފާނު އޭނާ ކުރިމަތީގައި ހުވާ ކުރެއްވިއެވެ. ”ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން. މިކަންތައް ކޮށްގެން ކަލެއަކަށް އަދަބެއް ނުލިބޭނެ.“
11އަންހެންމީހާ އެއްސެވެ. ”އަހަރެން ގެނެސް ދޭންވީ ކާކުގެ ރޫޙެއްތަ؟“
”ޞަމޫއީލްގެފާނުގެ ރޫޙު ގެނެސްދީ.“
12އަންހެންމީހާއަށް ޞަމޫއީލްގެފާނު ފެނުމާއެކު އަޑުގައި ނެތް ތަނަށް ހަޅޭއްލަވައި ގެންފައި ބުންޏެވެ. ”ކަލޭގެފާނު އަޅުގަނޑަށް އޮޅުވާ ލެއްވީ ކީއްވެ؟ ތިއީ ޝާއުލްގެފާނު!“
13ރަސްގެފާނު ވިދާޅުވިއެވެ. ”ބިރުނުގަނޭ. ކަލެއަށް ފެންނަނީ ކޯނޗެއް؟“
އަންހެން މީހާ ބުންޏެވެ. ”އަހަންނަށް ބިމުން އަރައިގެން އަންނަ ރޫޙެއް އެބަ ފެނޭ.“
14”އޭނާ ހުރީ ކިހިނެއް؟“ ރަސްގެފާނު އެއްސެވިއެވެ.
”އެއީ މުސްކުޅިއެއް. ހުރީ ރިދާއެއް ލައިގެން. އެމީހާ އެބައާދޭ.“ އަންހެންމީހާ ދެންނެވިއެވެ.
ޝާއުލްގެފާނަށް އެއީ ޞަމޫއީލްގެފާނު ކަން އެނގިވަޑައިގެންފިއެވެ. އެކަލޭގެފާނު ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެ ކުރުނީސް ކުރައްވައިފިއެވެ.
15ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު އަހަރެން ގެނެސް ތިޔަ ދުއްޕާން ކުރަނީ ކީއްވެ؟“
”އަޅުގަނޑު މިއުޅެނީ ހަދާނެ ގޮތް ބޮޑުވެގެން.“
ޝާއުލްގެފާނު ދެންނެވިއެވެ. ”ފިލިސްޠީނުން އަޅުގަނޑާ ހަނގުރާމައަށް އައިސް އެބަތިބި. މާތްކަލާނގެ އަޅުގަނޑު ދޫކޮށް ލައްވައިފި. އެއްވެސް ނަބީއަކު މެދުވެރިވެގެން ވެސް އިލްހާމަކުން ވެސް ޖަވާބެއް ނުލިބޭ. ކަލޭގެފާނަށް މި ދެންނެވީ ހަދަންވީ ގޮތެއް އޮޅުންފިލުވުމަށް.“
16ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑު ކުރެން އެއްޗެއް އަހަންވީ ކީއްވެތޯ؟ މާތްރަސްކަލާނގެ ވަނީ ކަލޭގެފާނު ދޫކުރައްވައި ކަލޭގެފާނާ ދެކޮޅުވެރިވެ ވޮޑިގެންފައި. 17މާތްރަސްކަލާނގެ ވަނީ އެކަލާނގެ އެކަންތައް ކުރައްވަން ހިންމެވި ގޮތް އަޅުގަނޑަށް އަންގަވާފައި. އެކަލާނގެވަނީ ކަލޭގެފާނުގެ ރަސްކަން ނަންގަވައި ކަލޭގެފާނުގެ އަވަށްޓެރިއެއް ކަމަށްވާ ދާއޫދަށް ދެއްވާފައި. 18ކަލޭގެފާނު ޢަމާލިޤީންނާ މެދު މާތްރަސްކަލާނގެ އެންގެވި ގޮތާ ޚިލާފުވެ އެމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވި ކޯފާ ފުރިހަމަ ނުކުރުމުގެ ސަބަބުން އެކަލާނގެ ކަލޭގެފާނުގެ މައްޗަށް މިއަދު މިވަނީ ތިޔަ މުސީބާތް ކުރިމަތި ކުރައްވާފައި. 19މާތްރަސްކަލާނގެ ކަލޭގެފާނާއި އިސްރާއީލީން ފިލިސްޠީނުންނާ ހަވާލު ކުރައްވާނެ. އަދި ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިންތައް މާދަމާ ވާހުށީ އަޅުގަނޑާއެކު. މާތްރަސްކަލާނގެ އިސްރާއީލުންގެ އެންމެހާ ސިފައިން ވެސް ފިލިސްޠީނުންނާއި ހަވާލު ކުރައްވާނެ.“
20ޝާއުލް ރަސްގެފާނު ހަމަ އިސްކޮޅަށް ބިންމައްޗަށް ވެއްޓި ވަޑައިގެންފިއެވެ. ޞަމޫއީލްގެފާނު ވިދާޅުވި ބަސްފުޅު އިވިވަޑައިގެން އެކަލޭގެފާނު ވަނީ ބިރުން ފިތްކެނޑިފަ އެވެ. އެކަލޭގެފާނުގެ ގައިކޮޅުން ބާރުފުޅު ދޫވެއްޖެ އެވެ. އެރެއާއި އެދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއެއް ވެސް ނުކުޅުއްވަ އެވެ.
21އަންހެންމީހާ ޝާއުލްގެފާނު ގާތަށް އައި އިރު އެކަލޭގެފާނަށް ވެފައިވާ ވަރު ފެނުމުން އޭނާ ދެންނެވިއެވެ. ”ސާހިބުގެ ޚާދިމާ އަޅުގަނޑު ކަންތައް ކުރީ ސާހިބަށް ކިޔަމަންވުމުގެ ގޮތުން. އަޅުގަނޑުގެ ފުރާނަ އަތް މައްޗަށް ލައިގެން ކަލޭގެފާނު އެންގެވި ކަންތައް މިކުރީ. 22މިހާރު ކަލޭގެފާނުގެ މި ޚާދިމާ ދަންނަވާ އެއްޗެއްގެ އަޑުއައްސަވާ. އަޅުގަނޑު މިދޭ ކާއެއްޗެހި ފަރީއްކުޅުއްވާ. އޭރުން އެނބުރި ވަޑައިގަންނަވާނެހާ ހަކަތަ ލިބިވަޑައި ގަންނަވާނީ ވެސް.“
23އެކަމަކު އެކަލޭގެފާނު އެކަމަށް އިންކާރު ކުރެއްވިއެވެ. ވިދާޅުވިއެވެ. ”އަހަރެން އެކައްޗެއް ވެސް ނުކާނަން.“
އެކަމަކު ދެންތިބި މީހުން އައިސް އެއަންހެންމީހާ ބުނި ބަސް ގަބޫލުފުޅު ކުރެއްވުމަށް އެކަލޭގެފާނަށް ބާރު އެޅިއެވެ. އެކަލޭގެފާނު ބިންމަތިން ތެދުވެ ވަޑައިގެން ސަރަންފީއެއް ގައި އިށީނދެ ވަޑައިގެންފިއެވެ.
24އަންހެންމީހާގެ ގޭގައި ފަލަ ޅަގެރިއެއް އޮތެވެ. އޭނާ އަވަހަށް އޭތި ކަތިލާފައި ފުށް މޮޑެ ކަމީރު ނުލައި ރޮށި ފިހެފި އެވެ. 25ދެން އޭނާ ޝާއުލްގެފާނަށް އެތަކެތި ވަތްކުރައްވައި އެކަލޭގެފާނު އަރިހުގައި އައިސް ތިބި މީހުންނަށް ވެސް ކާން ދިނެވެ. އެމީހުން ކައި ހަދައިގެން އެރޭ އެތަނުން ހިނގައްޖެއެވެ.
Currently Selected:
1 ޞަމޫއީލް 28: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: